Nothing Special   »   [go: up one dir, main page]

Jump to content

ފިތް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
Gallbladder
Gallbladder is #5
Latin vesica biliaris
Gray's subject #250 1197
System Digestive system (GI Tract)
Artery Cystic artery
Vein Cystic vein
Nerve celiac ganglia, vagus[1]
Precursor Foregut
MeSH Gallbladder
Dorlands/Elsevier g_01/12383343

ފިތް (އިނގިރޭސި ބަހުން: Gall bladder)އަކީ އިންސާނާގެ ފުރަމޭގެ ތެރެއަށް ނާސްޕަތީ އެއްގެ ބައްޓަމަށް(އިނގިރޭސި ބަހުން: Pear-shaped) ފެތިފައި އިންނަ ގުނަވަނެކެވެ. މިގުނަވަނުގައި ހަޖަމުކުރުމަށް އެހީތެރިވެދޭ ދިޔައެއް ކަމުގައިވާ ބައިލް ރައްކާކޮށްފައި ހުރެއެވެ. ފިތުގެ ދިގުމިނުގައި އެވްރެޖް ގޮތެއްގައި ހުންނަނީ 12-7 ސެންޓި މީޓަރެވެ. ފިތް އިންނަނީ ގަދަ ފެހި ކުލައިގައެވެ. ތަފާތު ދެމަގަކުން ފިތް އިންނަނީ ފުރަމޭ އަދި ކުޑަ ގޮހޮރު ގެ ފުރަތަމަ ބައި ޑުއަޑީނަމް އާއި ގުޅިފައެވެ.

ފިތަކީ ފުރަމޭ ގެ ކަނާތު ލޯބް ގެ ތެރެއަށް ފެތިފައި އިންނަ ގުނަވަނެކެވެ. ފިތުގެ ތިރިއާއި އަރިމަތި ހުންނަނީ ޕެރިޓޯނިއަމް (އިނގިރޭސި ބަހުން: Peritoneum)އިން ނިވާކުރެވިފައެވެ. އެކަމަކު ފިތުގެ މަތީ ސަތަހަ ނުވަތަ ފަރާތް އިންނަނީ ސީދާ ފުރަމޭގައި ޖެހިފައެވެ.

ފިތް އެކުލެވިގެންވަނީ ފަންޑަސް، ޖިސްމު، އަދި ކަރު ގެ މައްޗަށެވެ. ފަންޑަސް އިންނަނީ އެއްކޮށް ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. ފިތުގެ ޖިސްމު އިންނަނީ ސީދާ ހުރަސް ފަލަ ގޮހޮރު އަދި ޑުއަޑީނަމް ގައި ޖެހިފައެވެ. ފިތުގެ ކަރަކީ އޭގެ އެންމެ މައްޗަށް އިންނަ ހިމަ ބައެވެ.


ފިތުގެ ވަޒީފާ

[އުނިއިތުރު ގެންނަވާ]

ފިތުން އަދާކޮށްދޭ ވަޒީފާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

ބައިލް ރައްކާކުރުން

[އުނިއިތުރު ގެންނަވާ]

އިންސާނުން އެއްފަހަރު ކެއުމާއި އަނެއް ފަހަރު ކެއުމާއި ދޭތެރޭގައި ސްފިންކްޓަރ އޮފް އޯޑި(އިނގިރޭސި ބަހުން: Sphincter of ODDI) ހުންނަނީ އާދައިގެ ވަރެއްގައި ކޮންޓްރެކްޓް ވެވިވެވި އެވެ. އެހެން ކަމުން ބައިލް ފަހަތަށްގޮސް މައްޗަށްގޮސް ސިސްޓިކް ޑަކްޓް(އިނގިރޭސި ބަހުން: Cystic duct) ހުރަސްކޮށް ފިތް އަށް ވާޞިލްވެ، އޭގެތެރޭގައި ގުދަން ކުރެވެއެވެ.

ބައިލް ކޮންސެންޓްރޭޓް ކުރުން

[އުނިއިތުރު ގެންނަވާ]

ފިތުގެ ކެޕޭސިއަކީ ގާތްގަނޑަކަށް 60-20 މިލިލީޓަރުގެ މިންވަރެކެވެ. އެހެންކަމުން ފުރަމޭ އިން ފިތުގެ ތެރެއަށް އަންނަ ބައިލްގެ ބޮޑު މިންވަރެއް ފިތުގެ ތެރޭގައި ބެހެއްޓުމަށްޓަކައި ބައިލް ކޮންސެންޓްރޭޓް ކުރަންޖެހެއެވެ.

ބައިލް އެސިޑިފިކޭޓް ކުރުން

[އުނިއިތުރު ގެންނަވާ]

ބައިލް އެސިޑިފިކޭޓްވަނީ ބައިލް ކޮންސެންޓްރޭޓް ކުރުމުގެ ތެރޭގައި ބައިކާބޮނޭޓް(އިނގިރޭސި ބަހުން: Bicarbonate) އަލުން ހަށިގަނޑަށް ދެމުމުންނެވެ. މިގޮތަށް ބައިކާބޮނޭޓް ހަށިގަނޑަށް ދެމުމުން، ފިތުގައި ހުރި ބައިލްގެ ޕީއެޗް 7.4-7 އާއި ދެމެދުގެ މިންވަރަކަށް ދަށްވެއެވެ. ނަތީޖާއެއްގެ ގޮތުން ކެލްސިއަމް ޖަމާވެ، ފިތު ހިލަ(އިނގިރޭސި ބަހުން: Gall Stone) ހެދުން މަނާކޮށްދެއެވެ.

ބައިލް ޑަކްޓްތަކުގައި ހުންނަ ޕްރެޝަރު ދަށްކުރުން

[އުނިއިތުރު ގެންނަވާ]

ބައިލް ޑަކްޓް ތަކުގެ ޕްރެޝަރު ދަށްކުރަނީ ފުރަމޭ އިން އުފައްދައި ބޭރުކުރާ ބައިލް(އިނގިރޭސި ބަހުން: Bile) ގެ ބޮޑުމިންވަރެއް ފިތުގައި ރައްކާކޮށްގެންނެވެ. ބައިލް ޑަކްޓް ތަކުގެ ޕްރެޝަރު މަތިވެއްޖެ ނަމަ ބައިލް ދޫކުރުން ހުއްޓި، ފުރަމޭގެ މަސައްކަތަށް ބުރޫއަރާގޮތް ވެއެވެ.

ހުދުބައިލް އުފެއްދުން

[އުނިއިތުރު ގެންނަވާ]

ހުދު ބައިލް(އިނގިރޭސި ބަހުން: White bile) ބޭރުކުރަނީ ފިތުގެ އެތެރޭގެ ދުލިފަށް ގައި ހުންނަ މިޔުކަސް ގްލޭންޑް ތަކުންނެވެ.


ފިތުގެ މަސައްކަތް ބެލުމަށް ކުރެވޭ ޓެސްޓްތައް

[އުނިއިތުރު ގެންނަވާ]
  • ކޮލެސިސްޓަގްރަފީ ހެދުން ނުވަތަ އެކްސް-ރޭ ނެގުން
  • އަލްޓްރާ ސޮނެގްރަފީ ނުވަތަ ސްކޭން ކުރުން


ބަލިތަކުގައި ފިތުގެ ދައުރު

[އުނިއިތުރު ގެންނަވާ]
  • ކޮލަސްޓެސިސް: މިއީ ހަޖަމުކުރާ ނިޒާމް އަށް ބައިލް ގެންގޮސްދޭ މަގުގައި ކޮންމެވެސް ހިސާބަކުން ބެދިފައި ހުރުމެވެ. މިގޮތަށް ބެދިފައި ފުރަމޭގެ ތެރޭގައި އަދި ފުރަމޭ އިން ބޭރުގައި ވެސް ހުރެދާނެއެވެ. މިދެންނެވި ބައިލް ދަތުރުކުރާ މަގުން ބައެއް ބެދިއްޖެނަމަ ރީނދޫވުން، ކުރިމަތިވެ، އަދި ބިލިރޫބިން(އިނގިރޭސި ބަހުން: Bilirubin) ގެ މިންވަރު މަތިވެގެން ދާނެއެވެ.
  • ފިތުގައި ހިލައުފެދުން އެއްގެ ސަބަބުން ކޮމަން ބައިލް ޑަކްޓް ބެދިއްޖެނަމަ ބިލިއަރީ ކޮލިކް(އިނގިރޭސި ބަހުން: biliary colic) އޭ ކިޔާ ބަނޑުގައި ރިހުމުގެ ވައްތަރެއް ކުރިމަތި ކުރުވައެވެ.
  • ފިތުގައި ހިލައުފެދުން ހުންނަމީހުންގެ 25 އިންސައްތަ މީހުންގެ ހިލަ އެކުލެވިގެންވަނީ ބައިލް އެސިޑް އަދި ލެސިތިން ގެ މައްޗަށެވެ.
  • ފިތް ދުޅަވުން ކުރިމަތިވެއްޖެ ނަމަ ބަނޑުގައި ރިއްސާނެއެވެ. އާންމު ގޮތެއްގައި ރިއްސާނީ ބަނޑުގައި ކަނާތް ފަރާތުން މަތީގައި ފިތް އަދި ފުރަމޭ އޮންނަ ހިސާބުގައެވެ. 90 އިންސައްތަ މީހުންނަށް ފިތް ދުޅަވުން(އިނގިރޭސި ބަހުން: Cholecystitis) ކުރިމަތިވަނީ ފިތުގައި އުފެދޭ ހިލައިގެ ސަބަބުންނެވެ.
  • ފިތުގެ ކެންސަރަކީ މަދު ބަޔަކަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. ބަނގުރާ ބޯމީހުންނާއި، ދުންފަތުގެ އިސްތިއުމާލު ކުރާމީހުންނާއި، އާދަޔާ ޚިލާފަށް ފަލަ މީހުންނަށް ފިތުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ.
  1. Ginsburg, Ph.D., J.N. (2005-08-22). "Control of Gastrointestinal Function". In Thomas M. Nosek, Ph.D. (ed.). Gastrointestinal Physiology (Media notes). Essentials of Human Physiology. Augusta, Georgia, United State: Medical College of Georgia. pp. p. 30. Retrieved 2007-06-29. {{cite AV media notes}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)